ޔޫރަޕާއި އިނގިރޭސިވިލާތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯ ބޮއިކޮޓް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ދޮގުކުރައްވައިފި އެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ޔޫރަޕާއި އިނިގިރޭސިވިލާތުން މިފްކޯ ބޮއިކޮޓް ކުރި ކަމަށް ދެކެވޭ ވާހަަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އީޔޫ އިންވެސް އަދި ޔޫކޭއިންވެސް މިފްކޯ އާއި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިގެން އަންނަ ހަފްތާގައިވެސް ޔޫކޭގެ މޭޖަރ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އެބައާދޭ،" ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށްވެފައި އަދި އެއީ އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރާ ސިނާއަތް ކަމަށްވާއިރު، މިފަދަ ސިނާއަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް އެފަދަ މައުލޫމާތު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
މޯދީއަށް އަންދާޒާނުކުރެވުނު ޒުވާނުންގެ މުޒާހަރާ ވަރުގަދަވަނީ
