އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އިބްރާހީމް ނަޒީމް ހަމަޖައްސައިފި އެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވީ އަލީ ޒުހައިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބަދަލުކުރުމުންނެވެ.
ނަޒީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެ މަގާމުގައި ހުރި އިރު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ވެސް ފޮނުވި އެވެ.
ޔާމީންގެ ވެރިކަމުގައި އެ ކުންފުނި އުވާލައި ފަހުން ނަޒީމް ވަނީ ހައުސިން މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި
ގޮންޖެހުން ތަކާއެކު ވެސް ކާންޔޭގެ ކާމިޔާބު ކޮންސެޓެއް!
