ބޮލީވުޑްގެ މަޝްހޫރު ވެޓެރަން ލިޔުންތެރިޔާ ސަލީމް ޚާންއާއި އޭނާގެ ފުރަތަމަ އަނބިމީހާ ސަލްމާ ޚާންގެ ކައިވެންޏަށް 61 އަހަރު ފުރިއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ސަލީމްއާއި ސަލްމާގެ ކައިވެންޏަށް 61 އަހަރު ފުރުނުއިރު އެ މުނާސަބަތުގައި ކުލަގަދަ ހަފްލާއެއް ވެސް ވަނީ ބާއްވާފަ އެވެ.
އެ ހަފްލާގައި އެ ދެމަފިރިންގެ ދަރިން ކަމަށްވާ ސަލްމާން ޚާން،އަރްބާޒް ޚާން އަދި ސުހައިލް ޚާންގެ އިތުރުން ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިން ބައިވެރިވި އެވެ.
އޭގެ ތެރެއިން ވެސް ފާހަގަވި އެއް ތަރިއަކީ ސަލީމްގެ ދެވަނަ އަނބިމީހާ ކަމަށްވާ ހެލެން އެވެ. ހެލެންއާ ސަލީމް ކައިވެނިކުރީ ސަލްމާއާ އިނދެގެން ހުރެ ދެ އަނތްބަށެވެ.
މީގެ ކުރިން ސަލީމް ވަނީ އޭނާގެ ދެ އަނބިންގެ މެދުގައި އޮންނަ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އެ ދެމީހުން ވެސް އެކަކު އަނެކަކާ ވަރަށް ގުޅޭ ކަމަށް ސަލީމް ބުންޏެވެ.
1964 ވަނަ އަހަރު ކައިވެނިކުރި ސަލީމްއާއި ސަލްމާގެ ކައިވެނި މިއަދާ ހަމައަށް ދެމިގެން އައިއިރު އެމީހުންގެ އާއިލާއަކީ ބޮލީވުޑްގައި ނުފޫޒުގަދަ އާއިލާ އެކެވެ.
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!