ޒުވާނުން އިސްނަގައިގެން ހުޅުމާލެ ފޭސް 2 ގައި މިރޭ ބާއްވާ "ރައިޒްއަޕް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.
ފޭސް 2 ހިޔާ ފްލެޓްގެ 12 ވަނަ ޓަވަރު ކުރިމަތީގައި މިރޭ 8:30 ގައި ބާއްވާ އެ ހަރަކާތުގައި ބޮޑުބެރާއެކު ބާބަކިއުވެސް އޮންނާނެ ކަމަށް އެ ހަރަކާތް އިންތިޒާމުކުރާ ޒުވާނުން ވަނީ ބުނެފަ އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި ހަރަކާތުގެ ރައީސް ޔާމީން ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި އެންމެ ބޮޑު ބޯހިޔާވަހި ކަމުގެ މަޝްރޫއު ކަމުގައިވާ ހުޅުމާލެ ފޭސް 2ގެ ހިޔާ ޓަވަރު ސަރަހައްދަކީ ގިނަ އަދަދަކަށް އެމަނިކުފާނަށް ތާއިދުކުރާ މީހުން އުޅޭ ސަރަހައްދެއްކަން ފާހަގަކޮށްލެވެ އެވެ.
މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ އެ ސަރަހައްދުގައި ރައްޔިތުންނާއި އެކު ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އަމްޖަދު
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ