ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހައިކޯޓުގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ފައިސަލް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ޖޭއެސްސީން ކުރަމުން ދަނިކޮށެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ފައިސަލް އައްޔަން ކުރަން ވެސް ޖޭއެސްސީން ފާސްކުރި އެވެ. ނަމަވެސް އޭނައާ އެ މަގާމް ހަވާލެއް ނުކުރެ އެވެ.
ހައިކޯޓުގެ ހިންގުން ހަވާލުކުރީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް ދާދިފަހުން އައްޔަންކުރި އަބްދުﷲ ޖަމީލް މޫސާ އެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިއިރު ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ފަނޑިޔާރު ކަމުން ރިޓަޔާކުރައްވަން ހުށަހަޅުއްވާފަ އެވެ. އޭނާ ވެސް މަގާމުން ވަކިކުރުމުގެ މަސައްކަތް ޖޭއެސްސީން ދިޔައީ ކުރަމުންނެވެ.
އޭގެއިތުރުން ހައި ކޯޓުގެ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ މައްސަލަތައް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ހިތަދޫ އެކްސިޑެންޓް: 3 ކުދިންގެ ބައްޕަ މަރާ ހަނގުރާމަކުރަނީ
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި
