އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ދިޔަ ދިވެއްސަކު ހާލު ދެރަވެގެން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
ޝަހީމް މިރޭ ވިދާޅުވީ މި ޗުއްޓީގައި 7،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަމަށް ގޮސްފައިވާ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ވެސް ޖުމްލަކޮށް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެޑްމިޓްކޮށްފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއިން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިންޝާ ﷲ ބަލިމީހާ މި މަހު 10 ގައި މާލެ ގެނެވޭނެ. މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.
ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް މިދިޔަ މަހާއި މި މަހުގެ ތެރޭގައި 7،726 މީހުން އުމްރާއަށް ފުރާނެ އެވެ. އަލްމަނާސިކްގެ ހަވާލުގައި އުމްރާއަށް ދިޔަ 62 އަހަރުގެ މީހަކު މިދިޔަ ބުދަ ދުވަހު މަރުވެފައިވެ އެވެ.
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި
ލުބުނާނަށް ހަމަލާދޭނަމަ ހަނގުރާމައެއް ފަށާނެ ކަމުގެ އިންޒާރު ދީފި
ގޮންޖެހުން ތަކާއެކު ވެސް ކާންޔޭގެ ކާމިޔާބު ކޮންސެޓެއް!
