ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފިތުރު އީދު ދުވަހުގެ އުފާ ފާޅުކޮށް މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބާއްވައިފި އެވެ. މިގޮތުން އީދު ސައި ހަރަކާތްތައް ބާއްވާފައި ވަނީ ބީއެމްއެލްގެ ބްރާންޗްތައް ގާއިމުކޮށްފައިވާ 33 ރަށުގައި ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލްއިން މި ރަށްތަކުގައި އީދު ސައި ބާއްވާފައި ވަނީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން އާއިލާތަކާއި ރަށުގެ ރައްޔިތުންނަށް އެކުގައި ބައިވެރިވެ، އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފަދަ އެކުވެރި މާހައުލެއްގަ އެވެ.
2019 ވަނަ އަހަރުން ފެށިގެން ބޭންކުން އަންނަނީ އެކި ރަށްރަށުގައި ޢީދު ސައި ހަރަކާތްތައް ބާއްވަމުންނެވެ. މިއީ މުޅި ރާއްޖޭގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ބޭންކުން ދެމުންގެންދާ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
ސްބްސްރިޕްޝަން ލިމިޓެއް ނުކުރޭ: ބީއެމްއެލް
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
