މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މަރިޔަމް މާރިޔާ އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް އިސްތިއުފާ ދެއްވައިފި އެވެ.
ނިމިދިޔަ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުމާއި ގުޅިގެން ރައީސް ގެންދަވަނީ ސަރުކާރުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ.
އެގޮތުން ރައީސް ގެންދަވަނީ އެމަނިކުފާނުގެ ކެބިނެޓުގެ ގިނަ މިނިސްޓަރުން ތަކަކަށް އިސްތިއުފާ ދެއްވުމަށް އަންގަވަމުންނެވެ.
މިނިސްޓަރު މާރިޔާ އާއި ނާޒިމް މިއަދު މަގާމުން އިސްތިއުފާ ދެއްވި އިރު، މިއަދުގެ މިހާތަނަށް އިތުރު ވަޒީރުންތަކެއްވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ރައީސްގެ ކެބިނެޓަށް ގެންނަމުންދާ ބަދަލުތަކުގެ އިތުރު ތަފްސީލް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.
ސްބްސްރިޕްޝަން ލިމިޓެއް ނުކުރޭ: ބީއެމްއެލް
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް