ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވި މީހަކަށް އައިޖީއެމްއެޗްފައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.
މި މަހުގެ 16 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ފަރުވާދެމުން ދަނިކޮށް މަރުވީ ހދ. ނޭކުރެންދުއަށް ނިސްބަތްވާ 36 އަހަރުގެ ހުސައިން ޝިފާޒެވެ.
އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އެއަށްފަހު މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ ގެނެސް އައިޖީއެމްއެޗުގައި އިތުރު ފަރުވާ ދިނެވެ. އޭނާ މަރުވީ، އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
ޝިފާޒުގެ ކަށުނަމާދު މިއަދުގެ އަސުރު ނަމާދަށް ފަހު، އާސަހަރާގައި ވަނީ ބާއްވާފަ އެވެ.
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް!
