ރާއްޖޭގެ އިރުދެކުނުން ކޮޅިގަނޑެއް އުފެދިފައިވާތީ، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީސް އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ނެރުނު މޫސުމީ ރިޕޯޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ މި ކޮޅިގަނޑުގެ ސަބަބުން ދެކުނުގެ ސަރަހައްދުތަކުގައި ވައި ގަދަވަމުންދާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ އިރުއުތުރު ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރު ޓްރަޕެއްގެ ސަބަބުން އެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ ގިނަ އަދަދަކަށް އުފެދެމުންދާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.
މި މޫސުމީ ބަދަލުތަކާއެކު، ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އެހެންކަމުން މެއި 9 އިން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް، ހާއްސަކޮށް ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ނަސޭހަތްތެރި ވެފައިވެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ވެސް ވިއްސާރަ ކުރަމުންދާއިރު، އެންމެ ދެކުނުން ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު (ވައިޓް އެލާޓް) ވެސް ނެރެފަ އެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ރޭ މެންދަމު 1:00 އިން މިއަދު ހެނދުނު 7:30 އަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ގޮންޖެހުން ތަކާއެކު ވެސް ކާންޔޭގެ ކާމިޔާބު ކޮންސެޓެއް!
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ޑިޑީއާ ދެކޮޅަށް އަނެއްކާ ވެސް އާ ދައުވާއެއް!