ދުނިޔޭގެ އެންމެ މަގުބޫލު އެއް ކޮމެޑީ ސީރީޒް "ފްރެންޑްސް" ނިމުނުތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް، އެ ޝޯގެ ތަރިންގެ މެދުގައި އޮތް ގުޅުމާއި ހަނދާންތަކަކީ އަދިވެސް ފޭނުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބޭ ކަންކަމެވެ.
ދާދި ފަހުން ވެރައިޓީ ގެ "އެކްޓާސް އޮން އެކްޓާސް" ސީރީޒްގައި ޖެނިފާ އެނިސްޓަން (ރޭޗަލް ގްރީން) އާއި ލީސާ ކުޑްރޯ (ފީބީ ބުފޭ) ވަނީ ބައްދަލުވެ ޝޯގެ މާޒީގެ ސަޅި ވާހަކަތަކެއް ހިއްސާ ކޮށްފަ އެވެ.
މި ވާހަކަ ތަކުގެ ތެރެއިން 2001 ވަނަ އަހަރުގެ ތޭންކްސްގިވިންގް އެޕިސޯޑެއްގައި ޖެނިފާގެ އޭރުގެ ފިރިމީހާ ބްރެޑް ޕިޓް ކުޅުނު ރޯލުގެ ވާހަކަ ވަނީ ދެކެވިފަ އެވެ.
"އެއީ ވަރަށް މަޖާ އެޕިސޯޑެއް!" ލީސާ ކުޑްރޯ އެ ހަނދާންތައް އާކުރަމުން ބުނީ ބްރެޑް ޕިޓް އެ ޝޯއަށް އައި އެޕިސޯޑަކީ އާދަޔާ ޚިލާފަށް މަޖާ އެޕިސޯޑެއް ކަމަށެވެ. އެ ވާހަކައަށް އެއްބަސްވަމުން ޖެނިފާވެސް ބުނީ އެއީ ހަމަ ވަރަށް މަޖާ ކަމެއްކަމަށެވެ.
އެ އެޕިސޯޑުގައި ބްރެޑް ޕިޓް ކުޅުނީ ރޭޗަލް (ޖެނިފާ) ދެކެ އިންތިހާއަށް ފޫހިވާ، އަދި ހައިސްކޫލް ދުވަސްވަރު ރޮސް (ޑޭވިޑް ޝްވިމާ) އާއެކު "އައި ހޭޓް ރޭޗަލް ކްލަބް" ހެދި ވިލް ކޮލްބާޓްގެ ރޯލެވެ.
ހަގީގީ ދިރިއުޅުމުގައި އެ ދެމީހުން އޭރު ކައިވެނިކޮށްގެން އުޅުނު ނަމަވެސް ސްކްރީން މަތިން ފެނުނު އިދިކޮޅު މަޖާ ހަރަކާތްތަކަކީ ޝޯގެ ތާރީހުގައިވެސް ފާހަގަ ކޮށްލެވޭ ބައެކެވެ.
ޖެނިފާ ހާމަކުރި ގޮތުގައި "ފްރެންޑްސް" އަށް މެހެމާނުންގެ ގޮތުގައި އައި ބްރެޑް ޕިޓް، ބްރޫސް ވިލިސް، ޖޫލިއާ ރޮބަޓްސް އަދި ސީން ޕެން ފަދަ ބޮޑެތި މޫވީ ސްޓާރުން ޝޫޓިންގް ތެރޭގައި ވަރަށް ބިރުން އުޅުނެވެ. ސަބަބަކީ ލައިވް އޯޑިއަންސްގެ ކުރިމަތީގައި ކޮމެޑީ ކުޅުމަކީ ފިލްމު ކުޅުމާ މުޅިން ތަފާތު ކަމަކަށް ވުމެވެ.
ލީސާ ކުޑްރޯ ބުނިގޮތުގައި، އޭނާ އަމިއްލައަށް ކުޅެފައި ހުންނަ ތަންތަން ބަލަން އުނދަގޫ ވުމުގެ ސަބަބުން، އޭނާ "ފްރެންޑްސް" ޝޯ ނުބަލާތާ އެތައް އަހަރެއް ވެއްޖެ އެވެ.
ނަމަވެސް، 2023 ވަނަ އަހަރު އެމީހުންގެ ކޯ-ސްޓާ މެތިއު ޕެރީ (ޗެންޑްލާ ބިންގް) މަރުވުމާ ގުޅިގެން، އޭނާގެ ހަނދާނުގައި ލީސާ މިހާރު ދަނީ އަލުން އެ ސީރީޒް ބަލަމުންނެވެ.
ޖެނިފާ އެނިސްޓަން އާއި ބްރެޑް ޕިޓް 2005 ވަނަ އަހަރު ވަރިވި ނަމަވެސް، މިއަދުވެސް އެމީހުންގެ މާޒީގެ މިފަދަ ރީތި މަޖާ ހަނދާންތަކަކީ ޖެނިފާ އާކުރާ ހަނދާންތަކެކެވެ.
ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް!
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް