ބީއެމްްއެލްގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވިޔަސް އޭގެ ތެރޭގައި، އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ހިމަނާފައި ނުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްއިން ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކުރުމާއެކު، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅައިފަ އެވެ. އެ ބޭންކަށް ކުރިމަތިވި ޑޮލަރުގެ ތާށިކަމާ ހެދި އެޅި މި ފިޔަވަޅާއެކު، އެކި ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަން ވެސް ނުދެއްކިގެން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
އެކަމާ ގުޅިގެން ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަބްސްކްރިޕްޝަން ޕޭމަންޓްތައް "ޑެއިލީ ފޮރިން ސްޕެންޑް" ލިމިޓްގައި ނުހިމެނޭނެ ކަމަށާއި އެފަދަ ޕޭމަންޓްތައް މަނާކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓްތައް މާޗަންޓުން ޑިކްލައިން ކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލްއިން ބުނީ، މިފަދަ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ ބޭންކަށް ގުޅުމަށް ވެސް ވަނީ އެދިފަ އެވެ.
މި ހަފުތާގެ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ބޭންކުގެ ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން ވަރަށް ބޮޑުތަނުން ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ބީއެމްއެލްއިން ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހިޒްބުﷲ އިން ބަލައިނުގަތް
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި