އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުންކުރުމަށް މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ފެށި މި މަޝްރޫއުގެ ދަށުން، އެ ސިސްޓަމް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ޓެސްޓުކުރުމުގެ އިތުރުން ސިއްހީ އެހީތެރިން ތަމްރީނުކުރުމާއި މެއިންޓަނަންސްގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ ބީލަމަށް ހުޅުވާލާފަ އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި ސިސްޓަމް ގެނެސްދީ، އެ ތަކެތި ހަރުކޮށް އަދި މެއިންޓެނެންސްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500 ރުފިޔާ ނުވަތަ 100 ޑޮލަރު ދައްކަންޖެހެ އެވެ. އަދި އެއަށްފަހު އެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހަޅަންޖެހެ އެވެ. އަދި ބިޑްތައް ހުޅުވާލަން ހަމަޖައްސާފައި ވަނީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 1:00 ގަ އެވެ.
ކޮމްޕިއުޓަރު ކޮންސޯލެއް މެދުވެރިކޮށް ޑޮކްޓަރުން ކޮންޓްރޯލްކުރާ މަލްޓި-ޕޯޓް މި ސިސްޓަމަކީ، ބަލިމީހާގެ ހަށިގަނޑުން ކުދިކުދި ތަންތަން ކަނޑައިގެން ރޮބޮޓިކް އަތްތަކާއި 3ޑީ ކެމެރާ ބޭނުންކޮށްގެން ނާޒުކު އޮޕަރޭޝަންތައް ކުރުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތެވެ. މިފަދަ ވަސީލަތެއް ގާއިމުކުރުމުން އޮޕަރޭޝަންތަކުގައި ލޭ ފައިބާ މިންވަރާއި އިންފެކްޝަން އުފެދުމުގެ ފުރުސަތު ކުޑަވެ، ބަލިމީހާ އަވަހަށް ގަދަވުމަށް މަގުފަހިވެގެންދާނެ އެވެ.
ވަކިން ހާއްސަކޮށް ކެންސަރާއި، ހިތުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތައްމީގެ ކުރިން ނުކުރެވޭހާ ސާފުކޮށް ފުރިހަމައަށް ކުރުމުގެ ގާބިލުކަން ޑޮކްޓަރުންނަށް ލިބިގެންދާނެ އެވެ.
"ބިޔޯން އަގެއިން" ޝޯ މަނާކުރެވިގެން ނުވާނެ: ނަޝީދު
މާ ގިނައިން ދަންވަރު ހޭލެވެނީ ކީއްވެ؟
ސޫރީ ކްރޫޒްގެ ނަމުން ބައްޕަގެ ނަން އުނިކުރީ ކީއްވެ؟