ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަމިއްލަ ބާރުތައް ދޫކޮށްލައްވައި، ހުރިހާ ބާރެއް ރައީސް މުހައްމަދު މުއިއްޒަށް ދެއްވާފައިވާތީ އެކަމާ މެދު އެ މެންބަރުން މިއަދު ހިތާމަކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވީ އެ ބޭފުޅުންގެ އަމިއްލަ އިހުތިޔާރުތަކާއި ބާރުތައް އުނިކޮށް، ހުރިހާ ކަމެއްގެ ބާރު ރައީސް މުއިއްޒަށް ދެއްވައިގެން ކަމަށެވެ. އަދި އެ ނިންމުމާ މެދު މިއަދު އެ މެންބަރުން ހިތާމަކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަޝީދު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، މަޖިލިސް މެންބަރުންގެ ބާރުތައް ހަނިކުރުމަށްފަހު ސަރުކާރުގެ ދެން އޮތް އަމާޒަކީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްގެން ކައުންސިލަރުންގެ ބާރުތައް ވެސް ކަނޑުވާލުމެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ ބާރުތައް ކަނޑާލަން މަސައްކަތް ކުރާއިރު، ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވެސް އެމްޑީޕީއާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިވުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން ސަރުކާރަށް އޭރު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. 20 ނޮވެމްބަރު 2024 ގައި ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި މި ބިލް، ރައީސް މުއިއްޒު ވަނީ އެ ދުވަހު ތަސްދީގުކުރައްވާފަ އެވެ.
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ދަރިފުޅު ސްކޫލަށް ނުދާން ބޮޑާ ހާކަނީތަ؟