އީރާނުގެ އިސްލާމިކް ރިވަލުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ) އާ ގުޅުން އޮތް ކަމަށް ބުނާ ދެ މަތިންދާބޯޓަކާއި ތިން އެއާލައިނަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވާލައިފި އެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ބުދަ ދުވަހު އާންމުކުރި މައުލޫމާތުތަކުގަ އެވެ.
އެމެރިކާގެ ޓްރެޜަރީގެ ދަށުން ހިންގާ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން މި ފަރާތްތައް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުން އުނިކޮށްފައިވީ ނަމަވެސް، އެ ނިންމުން ނިންމި ސަބަބާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި އެއާލައިންތަކާއި މަތިންދާބޯޓުތަކަށް މީގެ ކުރިން ފިޔަވަޅު އަޅާފައިވަނީ، އެމެރިކާއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އައިއާރުޖީސީ އާ ގުޅުން އޮންނަ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެންނެވެ.
އެމެރިކާއާއި އީރާނުގެ މަޝްރަހު ފާއިތުވެ ދިޔަ ހަފްތާ ތަކުގައި ގޯސްވި ނަމަވެސް، ދެ ގައުމުގެ މެދުވެރިންނާއެކު ކުރެވޭ މަޝްވަރާތަކުގައި ކުރި އެރުން ލިބެމުންދާ ކަމަށް ދެ ގައުމުންވެސް ހޯމަ ދުވަހު ވަނީ ބުނެފަ އެވެ. އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން ބުދަ ދުވަހުގެ ނިޔަލަށް އީރާނާއެކު އެއްބަސްވުމަކަށް އާދެވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މީގެ ސަބަބުން ހަކަތައިގެ ބާޒާރުގައި އަގުތައް ހަމަޖެހިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފެނަކައިން ކޮންމެ ދެ މަހުން ކޮމިޓީއަށް ރިޕޯޓު ހުށަހަޅަން ބުނެފި
ބްލޭކްއާއި ޓޭލާގެ ރަހުމަތްތެރިކަމަށް ނަޒަރެއް، މިހާރުގެ ހާލަތު!
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
