ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން، އޭނާގެ ކޮއްކޮގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އަގުބޮޑު ލަގްޒަރީ އެޕާޓްމެންޓެއް ހަދިޔާކޮށްފި އެވެ.
ކައިޒީން މިކަން ހާމަކުރީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް ތަކުގައި މިއަދު ހިއްސާކުރި ވީޑިއޯއެއްގަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކައިޒީން އޭނާގެ ކޮއްކޮގެ އަތުގައި ހިފައިގެން އެޕާޓްމެންޓަށް ވަދެ، އެތަނުގެ ސޯފާގައި ތިބެގެން އެޕާޓްމެންޓާ ގުޅޭ ރަސްމީ އެގްރީމެންޓް ކޮއްކޮއާ ހަވާލުކުރެއެވެ.
ކައިޒީން އޭނާގެ ކޮއްކޮއަށް ގަނެދީފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުޅަނގު ފަރާތުގައި ތަރައްގީކޮށްފައިވާ "ބޭފެންސީ ރެސިޑެންސް" ގެ އެޕާޓްމެންޓެކެވެ.
ކައިޒީން އޭނާގެ ކޮއްކޮއަށް ހަދިޔާކުރީ ކިތައް ކޮޓަރީގެ އެޕާޓްމެންޓެއްކަމެއް ސާފެއް ނުވެއެވެ.
ކައިޒީން މީގެ ކުރިން އޭނާގެ ކޮއްކޮއަށް ވަނީ އަގުބޮޑު ކާރެއްވެސް ހަދިޔާކޮށްފަ އެވެ. އޭނާގެ ކޮއްކޮއަށް ދިން މި އަގުބޮޑު ހަދިޔާއާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފަ އެވެ.
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ދޮށިމޭނާ ބިލްޑިން ކައިރި އެއްގަމު ތޮށި ސިފައިންނަށް
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި