ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އުފުލާ ފްލައިޓުތަކުގެ އަދަދު އިތުރުކުރުމަށް އެ ގައުމުގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ހާއްސަ އެއްބަސްވުމެއް ހަދައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި ފްލައިޓުތައް އިތުރުކުރުމަށްޓަކައި އެ ގައުމުގެ ޓްރާންސްޕޯޓް އޮފް ރަޝިއަން ފެޑެރޭޝަންގެ ސްޓޭޓް ސެކްރެޓަރީ ޑްމީޓްރީ ޒޭރެވްއާއެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިކުރަން ވެވުނު މި އެއްބަސްވުމުގެ ދަށުން ރަޝިޔާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރުވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީ ރަޝިޔާއަށް ވާއިރު، މިދިޔަ ޖޫން މަހު އެކަނިވެސް އެ ގައުމުން 163,638 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. ކޮވިޑް-19 އާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާ މާކެޓަށް ބޮޑު ލޮޅުމެއް އައި ނަމަވެސް، އޭގެ ފަހުން އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ މަޑުމަޑުން އިތުރުވަމުންނެވެ.
ސަރުކާރުން ރަޝިޔާ މާކެޓް ފުޅާކޮށް ފަތުރުވެރިންގެ އަދަދު އިތުރުކުރަން އިސްކަމެއްދީގެން މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ.
ދަރިންގެ ހަރަދު ނުދޭ މީހަކު ޖަލަށްލައި, ފޮޓޯއާއެކު އާންމުކޮށްފި
ޖަނާގެ ބޭންކް ހުޅުވުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަނީ
ރަޝިޔާއިން ރާއްޖެއަށް ފްލައިޓްތައް އިތުރުކުރަނީ