ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހާމަކޮށްފި އެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، މިއަދު ހަވީރު 06:00 އާ ހަމައަށް އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެއިތުރުން މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވި އެވެ.
ވައިގެ ހާލަތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުންނެވެ. އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މުޅި ރާއްޖެއަށްވެސް އާންމުކޮށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގަ އެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބަޔާންކޮށްފައިވެއެވެ.
ކަނޑު ދަތުރުފަތުރާ ގުޅޭގޮތުން މެޓުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގަ އެވެ.
މޫސުމަށް އަންނަ މި ބަދަލުތަކާ ގުޅިގެން، ހާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރި އަވަސްކުރަން އެއްބަސްވުމަކަށް
ބިރުދައްކައިގެން ސޮއި ހޯދުމުގެ ގެއްލުން އޮތީ ސަރުކާރަށް: ނަޝީދު
އެފްޑީސީއަށް 3 ވަނަ ޑީއެމްޑީއަކު ހަމަޖައްސައިފި