ޗެލެންޖަކަށް ތިން ކިލޯ ހުރި ހޮޓްޑޯގެއް ކެވިދާނެ ހެއްޔެވެ؟
ސޯޝަލް މީޑިއާގެ މިއީ ޗެލެންޖްތަކުގެ ފޯރި ވަރަށް ގަދަ ދުވަސްކޮޅެކެވެ. އެހެން ނަމަވެސް މި ހޮޓްޑޮގް ޗެލެންޖް ފުރިހަމަ ކުރަންޏާ ދާންޖެހޭނީ އޮސްޓްރޭލިއާ އަށެވެ.
އޮސްޓްރޭލިއާގައި ހުންނަ ނައިންތް ސްޓްރީޓް އިން ތައާރަފުކޮށްފައިވާ 70 ކިލޯމީޓަރު ހުންނަ މި ހޮޓްޑޮގް ވިއްކަނީ 50 ޑޮލަރަށެވެ. އެކަމަކު އެ ހޮޓްޑޯގް ހުސްކޮށްލައިފިއްޔާ އެ އަގު މާފުވާނެ އެވެ.
މީގެ އިތުރުން އެ ހޮޓްޑޮގް ހުސްކުރާ މީހުންނަށް 50 ޑޮލަރުގެ ވައުޗަރެއް ލިބޭ އިރު އެމީހެއްގެ ފޮޓޯ އެ ރެސްޓޯރެންޓްގެ "ވޯލް އޮފް ފޭމް" އަށް އަރާނެ އެވެ. އެހެން ނަމަވެސް މި އިނާމު ލިބޭނީ 30 މިނެޓުގެ ތެރޭގައި ހޮޓްޑޯގް އެއްކޮށް ކައި ހުސްކުރަންވާނެ އެވެ
އީރާނުން ބަހުރޭނާއި ކުވެއިތުގައި ހުރި މަރުކަޒުތަކަށް ހަމަލާދީފި
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި
