މާސް މިޝަންގެ ކުރިން ނާސާގެ އެސްޓްރޯނޮޓުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް މުޅިން އާ ޒީރޯ ގްރެވިޓީގެ ފާހާނާއެއް ލޯންޗުކުރަން ތައްޔާރުވާން ފަށައިފި އެވެ.
23 މިލިއަން ޑޮލަރުގެ މި ފާހާނާ ސްޕޭސް ސްޓޭޝަނަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ކާގޯ ޝިޕެއްގަ އެވެ. މި ފާހާނާއިން އިންސާނާ ގައިން ބޭރުވާ ނަޖިސް އޭގެ އެތެރެއަށް "ދަމައިގަންނާނެ" އެވެ.
ނާސާއިން ބުނި ގޮތުގައި މި ފާހާނާގައި ބޭނުންކުރެވިފައިވާ "ވެކިއުމް ސިސްޓަމް" ޑިޒައިން ކުރެވިފައިވަނީ މީގެ ކުރީގައި ސްޕޭސްގައި ބޭނުން ކުރުމަށް ހަދާފައިވާ ފާހާނާ ތަކަށް ވުރެ އަންހެން އެސްޓްރޯނޮޓުންނަށް ފަސޭހާ ވާނެ ގޮތަށެވެ.
މި ކާގޯ ޝިޕް އުފުލާ ރޮކެޓް މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ވާޖީނިއާގެ ވޮލޮޕްސް އައިލެންޑުން ނައްޓާލުމަށް ހަމަޖެހިފައިވީ ނަމަވެސް ލޯންޗު ކުރުމުގެ ތިން މިނެޓު ކުރިން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިޝަން ވަނީ ހުއްޓާލާފަ އެވެ.
ދިމާވި މައްސަލަ އިންޖިނިއަރުންނަށް ހައްލު ކުރެވިއްޖެ ނަމަ ހުކުރު ދުވަހުގެ ހަވީރު ލޯންޗުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
