ކަލާސް ޓީވީން ދައްކާ ޑްރާމާ ސިލްސިލާ "އިޝްކްމެ މަރްޖާވާން ސީޒަން 2" ނިމުމަކަށް އަންނަކަން ޝޯގެ ބައިވެރިއަކު ހާމަކޮށްފި އެވެ.
މި ޑްރާމާގެ ލީޑް ރޯލްގައި ރިދިމާގެ ނަމުގައި ފެންނަ ހެލީ ޝާހް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ޝޯގެ މެންބަރުންތަކަކާއެކު އެންމެ ފަހުގެ ޝޫޓިންތައް ނިންމާލުމަށްފަހު ނަގާފައިވާ ވީޑިއޯ އަދި ފޮޓޯއެއް ހިއްސާކުރަމުން މިކަން މިވަނީ ހާމަކޮށްފަ އެވެ. ޝޯ ނިންމާލުމަށް ހަމަޖެހިފައިވާ އިރު 250 އެޕިސޯޑް ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.
ހެލީ ޝާހް ވަނީ ޝޯގެ ޑައިރެކްޓަރުންނަށާއި އޭނާއެކު މަސައްކަތްކުރި އެހެން ފަންނާނުންނަށް އަދި ހުރިހާ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.
ޝޯގެ މުހިންމު ރޯލުތަކުން ފެނިގެންދާ އެހެން ފަންނާނުންގެ ތެރޭގައި ރާހުލް ސުދީރް, ވިޝާލް ވަޝިސްތަ، މަނަސްވީ ވަޝިސްތަ އަދި ޗާންދްނީ ޝަރްމާ ހިމެނެ އެވެ.
ސައުދީގެ ކޯލިޝަނުން ހޫތީންނަށް ވައިގެ ހަމަލާތަކެއް ދީފި
ސަރުކާރުން ހުރިހާ ޝަރުތުތައް ގަބޫލުކުރުމުން މުޒާހަރާ ނިންމާލައިފި
ކޭޝިއަރުންގެ ވަޒީފާއަށް ދިވެހީންނަށް އިސްކަންދެވޭ ގޮތް ހަދަނީ