ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ދިހަ ގައުމެއްގައި އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށް އެމްއެމްޕީއާރުސީން އިން ބުނެފި އެވެ.
އެމްއެމްޕީއާރުސީއިން ބުނީ ދިހަ ގައުމެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން ކޮވިޑްގެ ހާލަތާއެކު ޓްރެވަލް އެޖެންޓުން ތަމްރީންކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
އެމްއެމްޕީއާރުސީން ބުނީ ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ވަކިވަކި މާކެޓްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކުދިކުދި ހަރަކާތްތަކާއި، ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދާ ހަރަކާތްތައް ހިމެނޭ ކަމަށެވެ.
އެމްއެމްޕީއާރުސީގެ މިހާރު ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި، ރަޝިއާ، ޗައިނާ، ކޮރެއާ އަދި ޗަޕާން މާކެޓަށް އަމާޒްކޮށްގެން އެ ގައުމުގެ ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ ހަރަކާތްތަކާއި، ޓްރެވަލް އެޖެންޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކާއި، ބްރެޒިލް މާކެޓަށް އަމާޒްކޮށްގެން ކުރިއަށްދާ ފެމް ޓްރިޕެއް ހިމެނެ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތުތައް ދީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތުތައް ވީހާވެސް ގިނަ ބަޔަކަށް ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުންޏެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖެއިން ބޭރުގައި ބާއްވާ 44 ފެއާއަކާއި ރޯޑް ޝޯއެއްގައި މިއަހަރު ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ސައުދީގެ ކޯލިޝަނުން ހޫތީންނަށް ވައިގެ ހަމަލާތަކެއް ދީފި
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް މަގާމުން ވަކިކޮށްފި
