ކޮވިޑް ހާލަތު ރަނގަޅުވެފައި ވާތީ ދީފައިވާ ލުއިތަކާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކުގެ ރަށްރަށައް އަންނަނީ ގިނަ ބަޔަކު ދަތުރުކުރަމުންނެވެ. އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު 14 ދުވަސް ވެފައިވާނަމަ 72 ގަޑިއިރު ނުވާ ނެހެޓިވް ސީޕީއާރް ނަތީޖާއާއެކު ކަރަންޓީނާ ނުލާ ދަތުރުކުރުމުގެ ހުއްދަ ދީފަ އެވެ.
ފުލުހުން ބުނީ އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް މާލެއިން ރަށްރަށައް ދަތުރުކުރާ ކަމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެކަމެއް ބެލުމަށް ފަހު ފިޔަވަޅު އަޅާނެ ކަމަށެވެ. އުސޫލުތަކާ ހިލާފަށް މީހުން ދަތުރުކުރޭތޯ ބަލަންޖެހޭނީ އެ ރަށެއްގެ ކައުންސިލުން ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ފުލުހުން މިހެން ބުނެފައިވާއިރު އެޗްޕީއޭގެ އުސޫލުތަކާ ޚިލާފުވެގެން ގިނަ ބަޔަކަށް މީގެ ކުރިން ފުލުހުން ވަނީ ފިޔަވަޅު އަޅައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ.
އަޟްހާ އީދުގެ ބަންދު ދުވަސްތަކާއި މިނިވަން ދުވަހުގެ ޗުއްޓީއަށް ފަހު ސަރުކާރުގެ އޮފީސްތަށް ހުޅުވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
