ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނި އެޕަލްއިން މި މަހުގެ 14 ވަނަ ދުވަހު ޚާއްސަ ހަފްލާއެއް ބާއްވާނެކަން އިއުލާން ކުރުމާއެކު އެއީ އެކުންފުނީގެ އާ އައިފޯންތައް ދައްކާލުމަށް ބާއްވާ ހަރަކާތެއް ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފި އެވެ.
2013 ވަނަ އަހަރުން ފެށިގެން އެޕަލްއިން އެކުންފުނީގެ އާ އައިފޯންތައް ދައްކާލުމުގެ ހަފްލާތައް ބާއްވަނީ އަހަރުގެ މިހާ ހިސާބުގަ އެވެ. އެހެން ކަމުން މި ހަފްލާއަކީ ވެސް އެ ބޭނުމަށް ބާއްވާ ހަފްލާއެއް ކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރެއް ލިބެ އެވެ.
މިމަހު ދައްކާލާނެ ކަމަށް ލަފާ ކުރެވޭ އައިފޯން ތަކުގައި އެންމެ ބޮޑު ބަދަލަކަށް ފެންނާނީ ފޯނުގެ ޕްރޮސެސަރާއި ކެމެރާ ސިސްޓަމްއަށް ގެންނަ ޓެކްނިކަލް އަޕްޑޭޓްތައް ކަމަށް އެދާއިރާގެ މާހިރުން ބުނެ އެވެ.
މީގެ އިތުރުން މި ސްމާޓް ފޯންތަކުގައި ޕޯޓްރެއިޓް މޯޑް ފީޗާ އިތުރަށް ޑިވެލޮޕްވާނެ ކަމަށް ބެލެވޭއިރު، ވީޑިއޯ ރެކޯޑިން ކޮލެޓީ ވެސް ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ.
މީގެ ކުރިން ކުލަގަދަކޮށް ކުރިއަށް ގެންދާ އެޕަލްގެ ހަފުލާތައް ކޮވިޑް 19ގެ ސަބަބުން ޑިޖިޓަލްކުރެވި މިފަހަރު ވެސް ކުރިއަށް ދަނީ އޮންލައިން ޕްލެޓްފޯމްތަކުގަ އެވެ.
ރޭވިފައިވާ ހަފްލާގެ ބޭނުމާއި އެކަމާ ބެހޭ ގޮތުން އަރާފައިވާ އަޑުތަކާ ގުޅޭ ގޮތުން އެޕަލް ކުންފުނީގެ ބަހެއް އަދި ލިބިފަ އެއް ނުވެ އެވެ. -- ރޮއިޓާސް
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ސްބްސްރިޕްޝަން ލިމިޓެއް ނުކުރޭ: ބީއެމްއެލް