ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި އޮފިސަރުންގެ ޝަރީއަތް ލައިވްކޮށް ދިނުމަށް އެ އޮފިސަރުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
ފުލުހުންގެ އާ ގާނޫނުން އެކުލަވާލި ޕޮލިސް ބޯޑުން ވަނީ ހަތް އޮފިސަރަކު ވަޒީފާއިން ވަކި ކުރުމަށް ސީޕީ މުހައްމަދު ހަމީދަށް ވަނީ ލަފާދީފަ އެވެ. މިނިންމުމާއި ގުޅިގެން އެމައްސަލަ ފަސް އޮފިސަރަކު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާ އިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނާއި ޕޮލިސް ބޯޑު އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދޭން އެ މައްސަލައިގައި އެދިފައިވެ އެވެ.
އޮފިސަރުންގެ ފަރާތުން ދިވެހި ޗެމްބާސްއިން ހުށަހެޅި މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވުމުން މިހާރު ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ. ފުރަތަމަ އަޑު އެހުން އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.
އެހެން ނަމަވެސް އެމައްސަލާގައި ކޯޓުގައި ކުރިއަށް ދަނިކޮށް ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) ވަނީ ފުލުހުންގެ ހިދުމަތުން ވަކިކޮށްފަ އެވެ. އަދި ހަތަރު އޮފިސަރަކަށް 10 ދުވަހުގެ ނޯޓިސް އިއްޔެ ވަނީ ދީފަ އެވެ.
ސިވިލް ކޯޓަށް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެ އެވެ.
ފުލުހުންގެ އިސް ސަފުގައި ތިބި އޮފިސަރުންތަކެއް ވަކިކުރަން ނިންމީ، އާ ގާނޫނާ އެކު އެކުލަވާލި ހަތް މެމްބަރުންގެ ބޯޑުން ހަތަރު މަސް ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމަށް ކަނޑައަޅާފައިވާތީ އެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް ޝަރީފް އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.
އީރާނަށް ހަމަލާދިނުމަށް ޔޫކޭ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފި
ސަނީހު އިސްތިއުފާދެއްވުމުން އޮޑިޓް ކޮމިޓީއަށް ޝިފާނާ
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
އަވަހަށް ކޮށްދީ ރަންގަޅަ ފަޅީހަށް ވާނީ އޭރުން
އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށް ކޮށާ ކޮންމެ މަގެއް ﷲގެ ވާގިފުޅުން ބަންދުވެ އިސްލާމް ދީނަށާއި ގައުމަށް ނަސްރުވެރިވާނެ މުވާތިނުން ފާޅުވެ ނިކުންނާނެ. އިންޝާ ﷲ.