ބިދޭސީން ގެންނަން ކޯޓާއަށް އެދި ހުށަހަޅާ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައިވަނީ ބިދޭސީން ގެންނަން ކޯޓާއަށް އެދި ހުށަހަޅާއިރު ބިދޭސީން މަސައްކަތް ކުރާ ތަން ނުވަތަ ވޯކްސައިޓް އަންގައިދޭ ލިޔުން ހުށަހެޅުމުގެ ބަދަލުގައި ނޮޓަރައިޒްކޮށް ނުވަތަ ކޯޓެއްގައި ރަޖިސްޓްރީ ކޮށްފައިވާ ވޯކް ސައިޓް ޑިކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އަލަށް ތައާރަފްކުރި ފޯމް އެ މިނިސްޓްރީގެ ވެބްސައިޓާއި އެކްސްޕެޓް ސިސްޓަމުން ވެސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ބިދޭސީން ރާއްޖެ ގެންނަން ކޯޓާ ދޫކުރުމުގެ އުސޫލުތައް ކުރިއަށް ވުރެ އޮތީ ހަރުކަށިކޮށްފަ އެވެ. ކޯޓާ ދޫކުރުމުގައި ދިވެހިން ލިބެން ނެތް ދާއިރާތަކަށް ބެލުމާއި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް ނޫން ފަރާތްތަކަށް ކޯޓާ ދޫ ނުކުރުމަށް ވެސް އޮތީ ނިންމައިފަ އެވެ.
ބީއެމްއެލްގެ ކޯ ބޭންކިން ނިޒާމު ފިނަސްޓްރާ އިން ޒަމާނީކުރަނީ
އީރާނަށް ހަމަލާދިނުމަށް ޔޫކޭ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފި
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
