ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ މަގުމަތިން ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ރޭގެ ވަގުތެއްގައި 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކޮށް ބަލަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މަގުމަތީގައި މިފަދަ އަމަލުތައް އިތުރުވަމުންދާއިރު، މިދިޔަ ހުކުރު ދުވަހު ވެސް މާލޭގެ މަގުމަތިން އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ މަގުމަތިން ހިނގާފައި ދިޔަ އަންހެން މީހާގެ ޖިންސީ ގުނަވަނެއްގައި އަތްލައި ޖިންސީ ފުރައްސާރަކޮށްފައި ކަމަށް ސޯޝަލް މީޑިއާގައި އެ އަންހެން މީހާ ބުނެފައިވެ އެވެ.
މިކަން ހިނގީ އަންހެން މީހާ މަސައްކަތަށް ދިޔަ ވަގުތުގައި ކަމަށާއި، މިކަން ހިނގުމާއި އެކު އޭނާ އަށް ފުލުހުންގެ އެހީތެރިކަން ލިބުނު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"ދަ އޮޑިސީ"އަށްފަހު ނޯލަންގެ މިސްރާބު ބިރުވެރި ފިލްމަކަށް!
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"ގެ އާ ޓްރެއިލާއެއް ނެރެފި
ސަނީހު އިސްތިއުފާދެއްވުމުން އޮޑިޓް ކޮމިޓީއަށް ޝިފާނާ
