ބޮލީވުޑްގެ މަޝްހޫރު ފަންނާނު ޖޯން އަބްރަހަމް އާއި އޭނާގެ އަންހެނުން ޕްރިޔާ ރަންޗަލް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ޖޯން އާއި އޭނާގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވި ވާހަކަ ބުނެފައި ވަނީ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގަ އެވެ. އަދި މިހާރު ޖޯން އާއި އޭނާގެ އަންހެނުން ހޯމް ކަރަންޓީނުގައި ހޭދަކުރާ ކަމަށް އިންސްޓަގްރާމްގައި ބުނެފައިވެ އެވެ.
ޖޯން ބުނާގޮތުގައި އޭނާ އާއި އޭނާގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މީގެ ތިން ދުވަސް ކުރިން ކޮވިޑަށް ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވުމުންނެވެ.
ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހާސްވާ ވަރަށް ހާލަތު ގޯސްނުވާ ކަމަށާއި، އެހެންނަމަވެސް، ބަލީގެ ކުދި ކުދި އަލާމާތްތައް ފެންނަމުންދާ ކަމަށް އެ ދެމީހުން ވަނީ ބުނެފަ އެވެ.
ޖޯން ވަނީ މިދުވަސްވަރު، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވެ ބަލިން ސަލާމަތްވުމަށް އިލްތިމާސްކޮށްފަ އެވެ.
ފިޗުން ބީއެމްއެލްއަށް ކްރެޑިޓް ރޭޓިން ދީފި
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ހިދުމަތުގެ އަގު ވަޒަންކޮށް ރިތޭޝްއަށް ހާއްސަ ޝަރަފެއް!
