އިންޓެލް ފުލުހުންނަށް ހެދިގެން މާލޭގެ ގެސްޓު ހައުސް އަކުން ފޭރިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފޭރުން ހިންގާފައި ވަނީ މާލޭ މަޖީދީމަގުގެ ފަރިވާ ސްޓޭ 3 ގެސްޓު ހައުސްގައި ކަމަށެވެ.
އެ ގެސްޓު ހައުސްއަށް މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސް އިން ކަމަށް ބުނެ އެތަނުގެ ތިން މުވައްޒަފަކު ކްލިޕް އަޅުވައި ބަނުމަށްފަހު އެތަނުގެ ބައެއް ތަކެތި ފޭރިގެންފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން" އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެންމެ ގިނައިން ފޭރެނީ މޮބައިލް ފޯނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިގްތިސާދީ މައުލޫމާތު ފަސޭހައިން ބަލާލެވޭ ޕޯޓަލްއެއް
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
