މާބަނޑުއިރު ރޯދަ ހިފާނަމަ ސަމާލުވާންޖެހޭ ގިނަ ކަންތައްތަކެއް ހުރެ އެވެ. ތިމާއަށާއި ދަރިފުޅަށް ގެއްލުން ނުވާނެހެން ރޯދަމަހުގެ ކެއިންބުއިމާއި ދިރިއުޅުމުގެ އާދަތައް ގެންގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ މާބަނޑުއިރު ރޯދަ ހިފާނަމަ ސަމާލުވާންވީ ބައެއް ކަންކަމަށެވެ.
ގިނައިން ފެން ބުއިން
އިރު އޮއްސުމަށްފަހު ފަތިސް ވަންދެން މަދުވެގެން 8 ތަށި ފެން ބުއިމަކީ މުހިއްމު ކަމެކެވެ. މިއީ ދުވާލުގެ ވަގުތުގައި ހާންތިވުން ކުޑަ ކުރަން ކުރެވިދާނެ ކަމެކެވެ. އޭގެ އިތުރުން ވެސް ފެން ގިނަ ތަރުކާރީއާއި މޭވާ ކެއުން ވެސް އެދެވިގެންވެ އެވެ.
ރޯދަވީއްލާއިރު ސިއްހަތު ރަނގަޅު ކެއުމެއް ކެއުން
އާއްމުކޮށް ރޯދަ ވީއްލަން ތައްޔާރުކޮށްފައި ހުންނަ ހެދިކާއާއި ތެލުލި ކާނާގެ ބަދަލުގައި ޕްރޮޓީންއާއި ފައިބާ އެކުލެވޭ ކެއުމެއް ކެއުން ބުއްދިވެރި އެވެ. އޭގެ ތެރޭގައި ކަދުރާއި އެކި ބާވަތްތަކުގެ މޭވާ ހިމެނެ އެވެ.
ނިދި ހަމަކުރުން
މާބަނޑުއިރު ރޯދަ ހިފުމަކީ ހަކަތަ ބޭނުންވާ ކަމެކެވެ. އެހެން ކަމުން ދުވާލުގެ ވަގުތު ހަށިގަނޑަށް ބޭނުންވާ ހަކަހަ ލިބިގަތުމަށް ރޭގަނޑު ގަޑިއަށް ނިދައި ނިދި ހަމަ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ހާރުދަމުގެ ކެއުން ރަނގަޅު ކުރުން
ހާރުދަމު ކާ ކެއުމުގައި ހަށިގަނޑުގައި ވަރު ޖައްސައިދޭ ކެއުންތައް ހިމަނަންވާނެ އެވެ. އޭގެ ތެރޭގައި ގޮދަނުގެ ބާވަތްތަކާއި މަސް ފަދަ ކެއުންތައް ހިމެނެ އެވެ.
އީރާނަށް ހަމަލާދިނުމަށް ޔޫކޭ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފި
ޒުވާނުންގެ މުޒާހަރާއާއެކު އިންޑިއާ ސިޔާސީ ނުތަނަވަސްކަމުގައި
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!