ގްރޭޓާ މާލޭ ސަރަހައްދުގައި އެމްޓީސީސީއިން ދެމުންގެންދާ ބަސް ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެމްޓީސީސީއިން ބުނީ މިބަދަލުތައް ގެނެސްފައިވަނީ މާލޭގެ ވެސްޓް ޕާކުން ހުޅުމާލެގެ ފުރަތަމަ ފިޔަވައްސަށް ކުރާ ބަސް ދަތުރުތަކާއި މާލޭގެ ކާނިވާ ސަރަހައްދުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކުރާ ބަސްދަތުރުގެ ގަޑިތަކަށް ކަމަށެވެ.
އެގޮތުން އެ ދަތުރުތަކުގެ ގަޑި މެންދަމު 12:15 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށާއި އެބަދަލާއެކު މެންދަމު 12:00 ގެ ޑިއުޓީ ނިންމާފައި ބަހުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަވެގެން ދާނެކަމަށް އެމްޓީސީސީއިން ބުންޏެވެ.
މީގެ އިތުރުން ހުޅުމާލޭ ފޭސް ދެވަނަ ފިޔަވަހިން އެއާޕޯޓް ބަސް ރޫޓަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން، ބަސް ޝެޑިއުލް އެއް ގަޑިއިރުން 30 މިނެޓަށް ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޓީސީސީން ބުނީ މި ބަދަލާއެކު އެއާޕޯޓަށް އެމްޓީސީސީގެ ބަހުގައި ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
ޑިޑީއާ ދެކޮޅަށް އަނެއްކާ ވެސް އާ ދައުވާއެއް!
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
