އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ރޭ ބައްދަލުކުރައްވައިފި އެވެ.
ގާސިމާ ބައްދަލުކުރައްވާފައި ވަނީ ރައީސް ނަޝީދުގެ މަންދޫބު ކަމަށްވާ ގދ. އަތޮޅުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝާދު ހުސެއިން އާއި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމެވެ.
އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ފެންމަތިވާން ފެށުމުގެ ސަބަބުން އެ ޕާޓީ ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ.
އެގޮތުން ޕާޓީ ބެހިފައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދުގެ ފެކްޝަނަކަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަކަށެވެ. އެ ދެފެކްޝަނުން ވެސް ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގާސީމްގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިފަހުން ރައީސް ސޯ ލިހްގެ މަންދޫބުންވެސް ވަނީ ގާސިމާ ބައްދަލުކުރައްވައިފަ އެވެ. ރައީސް ސޯލިހުގެ ފެކްޝަނުން ގާސިމާ ބައްދަލުކުރެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.
އެހެންނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކި ރިޔާސީ ލީޑަރަކަށް ތާއީދުކުރަން ޖޭޕީން ނިންމާފައިވާ ކަމެއް ހާމައެއް ނުކުރެ އެވެ.
ތާރީހު ބަދަލު ކުރެވުނީ އާޝާގެ ސަބަބުން: ހެލެން
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
