މާލޭގެ ފިހާރައެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ ވެންޓޮލޭޓަރަށް ލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 21:30 ހާއިރު މާފަންނުގެ ފިހާރައަކަށް ވަދެ އެ ފިހާރައިގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާދިނުމަށްފަހު މިހާރު އޭނާ ވެންޓިލޭޓަރަށް ލާފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެނގިފައިވާގޮތުގައި ބަޔަކު އެ ޒުވާނާއަށް ހަމަލާދޭން އުޅޭކަން އެނގިގެން އެ މީހުންނަށް ފިލަންވެގެން އޭނާ ވަނީ އެ ފިހާރައަށެވެ. އެ ފިހާރައިގައި ހުއްޓައި އެ މީހުން ވަދެ އޭނާއަށް ހަމަލާ ދިނީ އެވެ.
މިފަހުން މާލޭގައި އަންނަނީ ސިލްސިލާ މާރާމާރީތަކެއް ހިންގަމުންނެވެ.
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
