ފިލިޕީންސްގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެ އާއްމު ފިހާރަތަކުން ފައިސާގެ ގޮތުގައި ފިޔާ ބަަލައިގަންނަން ފަށާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ޖަޕާން ހޯމް ސެންޓާ ނަމަކަށް ކިޔާ ފިލިޕީންސްގެ ރީޓެއިލް ޗެއިންއެއްގެ ފިހާރައަކުން ބުނީ ކަސްޓަމަރުން ނަގާ ކޮންމެ އައިޓަމްއެއްގެ އަގަކަށް އެއް ފިޔާ ހަމަޖެހިފައިވާ ކަމަށާއި އެގޮތަށް ނެގޭނީ ގިނަވެގެން ތިން އައިޓަމް ކަމަށެވެ.
ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި އެ ފިހާރައިން އިތުރަށް ބުނެފައިވަނީ ކޮންމެ ސައިޒެއްގެ ފިޔައެއް ވެސް ބަލައިގަނެވޭނެ ކަމަށާއި މިއީ އެއް ދުވަހަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައަށް ލިބޭ ފިޔާތައް ބޭނުންކުރާނީ އެ ސަރަހައްދުގެ ކޮމިއުނިޓީ ޕޭންޓްރީއަށް ކަމަށާއި އެއީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދޭ ކެމްޕެއިނެއް ކަމަށް ހަބަރުތައް ބުނެ އެވެ.
މިފަހަކަށް އައިސް ފިލިޕީންސްގައި ފިޔާގެ އުފެއްދުންތެރިކަން ދަށްވެ ފިޔާގެ އަގު ވަނީ ބާޒާރުގައި އިންތިހާއަށް މައްޗަށް އުފުލިފަ އެވެ.
މިކަމާ ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ ފިޔާ އުފައްދާ ދަނޑުވެރިންނަށް ދަނޑުވެރިކަން ރަނގަޅު ކުރުމަށްޓަކައި ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށް ބުނެފަ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"