ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ތ. ހިރިލަންދޫއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް ސޯލިހް ހިރިލަންދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.
އެގޮތުން އެމަނިކުފާނު، މާދަމާ ހިރިލަންދޫއަށް ވަޑައިގެން، ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކުރައްވާނެ އެވެ.
އޭގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ހިރިލަންދޫގެ އިސް އިދާރާތަކާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މި ސަރުކާރުން، ހިރިލަންދޫގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއުއެއްގެ ގޮތުގައި އެރަށުގެ ބިން ހިއްކުން ފާހަގަކޮށްލެވެ އެވެ.
އެރަށުގައި ބިންހިއްކުމުގެ މަސައްކަތަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.
އެމްޓީޑީސީގެ އެމްޑީގެ މަގާމުން ނިޔާޒު ވަކިކޮށްފި
ދަރިފުޅަށް ގަނާ ކުރެވެމުން ދާނަމަ ދެނެގަންނާނީ ކިހިނެއް؟
ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
