އަރަބިއްޔާ ސްކޫލްގައި މޫނު ބުރުގާ އަޅައިގެން ބައެއް ދަރިވަރުން ސްކޫލަށް ހާޒިރުވާތީ، އެކަން ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން އެ ސްކޫލުން ތަންފީޒް ކުރަން ފަށައިފި އެވެ.
މޫނު ބުރުގާ އަޅައިގެން ބައެއް ކުދިން ސްކޫލަށް ދާތީ އެކަމުގައި އެޑިއުކޭޝަންގެ ލަފައަކަށް އެ ސްކޫލުން މިދިޔަ އަހަރު ވަނީ އެދިފަ އެވެ. އެޑިއުކޭޝަނުން ޑިސެމްބަރު 28 ގައި ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެ އަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް ސްކޫލުގައި އެދިފަ އެވެ.
އަރަބިއްޔާގެ ސްކޫލުގެ ޔުނީފޯމު ކޯޑުގައި އަންހެން ކުދިންނަށް ހިމެނެނީ ހެދުން، ސްކާޓް، ބުރުގާ އަދި ހަރުވާޅެވެ. ފިރިހެން ކުދިންގެ ޔުނީފޯމު ކޯޑުގައި ހިމެނެނީ ގަމީހާއި ފަޓްލޫނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުރިހާ އަންހެން ދަރިވަރުން ބުރުގާ އަޅާ އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އުޅެ އެވެ.
އެޑިއުކޭޝަންގެ އެންގުމާ އެއްގޮތަށް މޫނު ބުރުގާ އަޅާ ކުދިންގެ ބެލެނިވެރިންނަށް ސްކޫލުން މިކަން އެންގުމުން ބެލެނިވެރިން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ޝަބާނާގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ
ސަނީހު އިސްތިއުފާދެއްވުމުން އޮޑިޓް ކޮމިޓީއަށް ޝިފާނާ