ތައިލޭންޑުން ބޭރުކުރުން މަނާ ދިރޭ ތަކެތި ހިފައިގެން ރާއްޖެ އަންނަން އުޅުނު ތިން ދިވެހިން ދޫކޮށްލައިފި އެވެ.
އެ މީހުން ދޫކޮށްލާފައި ވަނީ ކަފާލާތުގެ ދަށުން މިއަދު އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމީހުން ތައިލޭންޑުގެ އެއާޕޯޓުން ހައްޔަރު ކުރީ ވިހަގަދަ ފައިދިގު މަކުނުތަކަކާއި އަސްދޫނި ބިސް އަދި ބައެއް އެހެން ދިރޭތަކެތި ތައިލެންޑުން ބޭރު ކުރަން އުޅުނު މައްސަލައެއްގަ އެވެ.
ތައިލޭންޑުގެ ކަސްޓަމްސް އިން އެމީހުން އެއާޕޯޓުން ހިފަހައްޓާ ބަލާ ފާސް ކުރިއިރު އެތަކެތި ފުނުމުން އެއާޕޯޓުން ދިވެހި އެ ތިން ޒުވާނުން ހައްޔަރު ކުރި އެވެ.
އެ ތަކެއްޗަކީ ވަކި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ތައިލެންޑުން ބޭރު ކުރުން މަނާ ތަކެއްޗެވެ.
އެމީހުން ކަފާލާތުގެ ދަށުން މިއަދު ދޫކޮށްލާފައިވީނަމަވެސް އެމީހުންނަށް އަދި ރާއްޖެ އާދެވޭނެ ދުވަހެއް ނޭންގެ އެވެ. އެމީހުންނަށް ރާއްޖެ އާދެވޭނީ ތައިލޭންޑުގެ ކޯޓުން އެމައްސަލަ ނިންމުމުންނެވެ.
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ހިތަދޫ އުތުރު ގޮނޑި ސޯބެ އަށް
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!
