މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންތަކެއް ބައްދަލު ކުރައްވައިފި އެވެ.
އުއްޗުގެ ރިސޯޓެއްކަމަށްވާ ކުރެއްދޫ އައިލެންޑު ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ދުވާފަރު ދާއިރާގެ މެންބަރުން އިސްމާއީލް އަހްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެމްޑީޕީ އިންވެސް އަދި އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރެއްވެސް ނުދެއްވަ އެވެ.
ރައީސް ސޯލިހުގެ އަރިސް ބޭފުޅުންތަކެއް އުއްޗުއާއި ބައްދަލު ކުރެއްވި އިރު މިބޭފުޅުން މީގެކުރިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އާއިވެސް ގާސިމްގެ ސަން އައިލެންޑު ރިސޯޓުގައި ބައްދަލު ކުރެއްވި އެވެ.
ކޮންމެ އިންތިހާބަކާއި ދިމާކޮށް އެކިއެކި ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން އެއްޗުއާއި ބައްދަލުކުރައްވައެވެ. އެގޮތުން އެމްޑީޕީ އިން މިދިޔަ ފެބްރުއަރީގައި ބޭއްވި ރިޔާސީ ޕްރައިމަރީ ދުވަސްކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް އުއްޗުއާއި ބައްދަލު ކުރައްވާފައިވެއެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
