މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި މަދުން ނޫނީ ނުފެންނަ ބާވަތެއްގެ އިރުކޭތައެއް ހިފާނެ ކަމަށް ފަލަކީ އިލްމުވެރިން ލަފާ ކޮށްފި އެވެ.
އެގޮތުން އެ އިރުކޭތަ ހިފާނީ ރޯދަ މަހުގެ ފަހުކޮޅު ކަަމަށާއި އެއީ އޭޕްރީލް މަހުގެ 20 ވަނަ ދުވަސް ކަމަށް އިލްމުވެރިން ބުނެ އެވެ. ރޯދަ މަސް ނިމޭނީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އެވެ.
މި އިރުކޭތައަކީ ފުރިހަމަ އިރުކޭތައަކަށް ވާނެ ކަމަށް ލަފާ ކުރެވޭއިރު އިރުކޭތަ ހިފާފައި ގާތްގަނޑަކަށް 76 ސިކުންތު ހުންނާނެ ކަމަށްވެ އެވެ.
އިރުކޭތަ އެންމެ ފުރިހަމައަށް ފެންނާނީ ދުނިޔޭގެ ހުޅަނގު ދަނޑީގެ ގައުމުތަކަށް ކަމަށާއި އެހެން ކަމުން އޮސްޓްރޭލިއާއަށް ކޭތަ ވަރަށް ރީއްޗަށް ފެންނާނެ ކަމަށް ލަފާ ކުރެވެ އެވެ.
އޭޕްރިލް މަހު ހިފާ އިރުކޭތައަށްފަހު ދެން އިރުކޭތައެއް ހިފާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ފަލަކީ ހިސާބުތަކުން ދައްކަ އެވެ.
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
އެލާމް ގަޑިތަކުގެ ކުރިން ހެނދުނު ހޭލަނީ ކިހިނެއް؟