މާވެލް ސިނެމެޓިކް ޔުނިވާސްގެ އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމު ކަމަށްވާ "އެވެންޖާސް: ޑޫމްސްޑޭ"އިން މަޝްހޫރު ސުޕަހީރޯ ސްޕައިޑަމޭން އާއި އާ ކެރެކްޓަރ ސެންޓްރީ ފެނިގެންދާނެތޯ ކުރެވޭ ސުވާލުތަކަށް ފޭނުންގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.
ފިލްމުގެ ކާސްޓުންގެ މައުލޫމާތާއި ދައުރު ވަމުންދާ ޓީޒާ/ޓްރެއިލަރުގެ ހަބަރުތަކާއެކު މި ދެ ކެރެކްޓަރާ މެދު ގިނަ ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ.
މީގެ ކުރިން އިއުލާންކޮށްފައިވާ ގޮތުގައި، ރޮބާޓް ޑައުނީ ޖޫނިއަރ އެނބުރި މާވެލްއަށް އަންނަނީ ބިރުވެރި "ޑޮކްޓަރު ޑޫމް"ގެ ރޯލުންނެވެ. މި ބޮޑު ބަދަލާއެކު އެވެންޖާސް ޓީމަށް އަންނާނެ ބަދަލުތަކުގެ ތެރެއިން، ޓޮމް ހޮލަންޑް ކުޅޭ ސަްޕައިޑަރމޭންގެ ކެރެކްޓަރު މި ފިލްމުގައި ވަރަށް މުހިއްމު ދޯރެއް އަދާކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕީޓަރ ޕާކަރު އާއި ޓޯނީ ސްޓާކްގެ ކުރީގެ ގުޅުމުގެ ސަބަބުން، ޑޮކްޓަރ ޑޫމްގެ ސިފައިގައި ރޮބަރޓް ޑައުނީ ފެނުމުން ސްޕައިޑަމޭންއަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.
އަނެއްކޮޅުން، މާވެލްގެ އެންމެ ބާރުގަދަ އެއް ކެރެކްޓަރު ކަމަށްވާ "ސެންޓްރީ" މި ފިލްމުން ފެނިދާނެ ކަމުގެ އިޝާރާތްތަކެއް ވެސް ވަނީ ލިބިފަ އެވެ.
"ތަންޑަބޯލްޓްސް" ފިލްމުން ތައާރަފްކުރާ ސެންޓްރީގެ ކެރެކްޓަރު އެވެންޖާސްގެ މި ބޮޑު ހަނގުރާމައިގެ ތެރެއަށް ވަނުމަކީ ފިލްމުގެ ބާރު އިތުރަށް ގަދަ ވެގެންދާނެ ކަމެކެވެ.
މާހިރުން ބުނާ ގޮތުގައި ޑޮކްޓަރު ޑޫމް ފަދަ ވަރުގަދަ "ވިލަން"އަކާ ކުރިމަތިލުމަށް ސެންޓްރީ ފަދަ ސުޕަހީރޯއެއްގެ އެހީ އެވެންޖާސްއަށް ބޭނުންވާނެ އެވެ.
ލީކު ވެފައިވާ މައުލޫމާތުތަކާއި ކާސްޓުންގެ އިންޓަވިއުތަކަށް ބަލާއިރު، "އެވެންޖާސް: ޑޫމްސްޑޭ" އަކީ މާވެލްގެ ތާރީހުގައި ވެސް އެންމެ ގިނަ ސުޕަހީރޯއިން އެއްކޮށް ފެނިގެންދާނެ އެއް ފިލްމަށް ވެގެންދާނެ އެވެ.
ސްޕައިޑަމޭން އާއި ސެންޓްރީގެ އިތުރުން ފެންޓާސްޓިކް ފޯ އަދި އެކްސް-މެންގެ ބައެއް ކެރެކްޓަރުތައް ވެސް މި ފިލްމުން ފެނުމުގެ ފުރުސަތު ބޮޑެވެ.
މާވެލް ސޫޑިއޯސްއިން އަދި ރަސްމީކޮށް ފުލް ކާސްޓް ލިސްޓު އާއްމު ކޮށްފައި ނުވި ނަމަވެސް، މި ފިލްމަކީ ސިނަމާއަށް އަންނާނެ އެންމެ ފޯރިގަދަ އަދި ބޮޑު މަސައްކަތް ކަމާމެދު ފޭނުންގެ މެދުގައި އެއްވެސް ޝައްކެއް ނެތެވެ.
އެ ޒަހަމްތައް އަދިވެސް އެބަހުރި: ހަރްޝަދުގެ ހިތި ލޯބީގެ ތަޖުރިބާ
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް