ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ކަމުގެ މަގާމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިސްތިއުފާދެއްވައިފި އެވެ.
އާޒިމް މިއަދު ޖުމްހޫރީ ޕާޓީއަށް ފޮނުއްވި ސިޓީގައި ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ތާއީދު ކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށެވެ. އެހެންކަމުން ގާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓް ދީފައިވާތީ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވީ ކަމަށް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިހާބު ކުރުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ. އަދި ރާއްޖޭގައި ހަމަޖެހުން ދެމެހެއްޓޭނެ ވެރިއަކީ ވެސް ރައީސް ސޯލިހު ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ސޯލިހު ވެސް ވަނީ އެމަނިކުފާނާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ގާސިމަށް ދެއްވާފަ އެވެ. ނަމަވެސް ޖޭޕީގެ ކޮންގްރެސް އިން ފާސްކުރި ގަރާރާ އެއްގޮތަށް ގާސިމް ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފަ އެވެ.
ޕީއެންސީގެ ލީޑަޝިޕް ހޮވުމުގައި ސިއްރު ވޯޓު ނުބާއްވަން ނިންމައިފި
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި
