ރޯދަ މަހަށް ހާއްސަކޮށްގެން ފުޑް އެންޑް ބެވަރޭޖް ކުންފުނި ނެސްލޭއިން ނެރުނު ކިޓްކެޓް އިފްތާރު ބާގެ ޗޮކުލެޓުތައް އެކުންފުނިން ކެނެޑާގައި ނެރެފި އެވެ.
30 ބައި އެކުލެވޭ އެ ކިޓްކެޓް ޗޮކްލެޓްގެ ކޮންމެ ބައަކީ ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ރޯދަ ވީއްލުމަށް އަމާޒު ކޮށްގެން ޑިޒައިން ކޮށްފައިވާ ބައެކެވެ.
ނެސްލޭއިން މުސްލިމް ޕްރޮޑިއުސަރުންނާ ގުޅިގެން އުފައްދާފައިވާ މި ކިޓްކެޓް ޗޮކްލެޓަކީ ލިމިޓަޑް އެޑިޝަން އުފެއްދުމެކެވެ. މި ޗޮކްލެޓްތައް ބަހާފައިވަނީ ކޮންޓެންޓް ކްރިއޭޓަރުންނާ ގުޅިގެން އެކި ޕްރޮގްރާމްތަކުގެ ތެރެއިންނެވެ.
އާއްމުކޮށް ބާޒާރުގައި ލިބެން ހުންނަ ކިޓްކެޓް ޗޮކްލެޓުތަކުގައި އެންމެ ގިނަވެގެން ވެސް ހުންނަނީ ހަތަރު ބައެވެ. އެހެން ނަމަވެސް ރޯދައަށް ހާއްސަކޮށްގެން ނެރުނު އެޗޮކްލެޓުގައި 30 ބައި ހިމެނެނީ ރޯދަމަހުގެ ކޮންމެ ދުވަހަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ނެސްލޭއިން އތުރަށް ބުނީ އިފްތާރު ބާއަކީ ރޯދަމަސް ފާހަގަކުރާ ފަރާތްތަކަށް އެމަހުގެ ހަދިޔާއެއްގެ ގޮތުގައި ނެރުނު އުފެއްދުމެއް ކަމަށާއި އެއިން އެކުންފުނީގެ މޮޓޯ ވެސް ކުރިއަރާ ކަމަށެވެ.
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި ފެންބޮޑުވެއްޖެ
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!
މެރިޓައިމް ރެސްކިއު ސެންޓަރު ހުޅުވައިފި