ރަމަޟާންމަހުގެ 25 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން އާމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ފާއިތުވި ތިން އަހަރުގެ ނިސްބަތުން މިއަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އިތުރެވެ. އެގޮތުން މި ރަމަޟާން މަހުގެ 25 ވަނަ ދުވަހާ ހަމައަށް ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.9 މިލިޔަން ރުފިޔާއެވެ. 1442 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.3 މިލިޔަން ރުފިޔާއެވެ. އަދި 1443 ވަނަ އަހަރު ޒަކާތުގެ ގޮތުގައި 5.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެވެ. އެ މިނިސްޓްރީން ބުނީ އޮންލައިންކޮށް ޒަކާތް ބަލައިގަތުން މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ވަނީ ގޮވާމުން ޒަކާތް ބަހަން ފަށައިފަ އެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
ނިދީގައި ކުޅު ފައިބަނީ ކީއްވެ؟ މިއީ ސިއްހީ މައްސަލައެއްތަ؟
