ވިހެއުމަށްފަހު ބޮލީވުޑްގެ ތަރި އާލިއާ ބަޓް ބަރުދަން ލުއިކުރީ ސާޖަރީ ހަދައިގެން ކަމަށް އިންޓަނެޓުގައި ދެކެވޭ ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.
މިފަހުން ދިން އިންޓަވިއުއެއްގައި އާލިއާ ވަނީ މަންމައެއްގެ ދިރިއުޅުމާއި ދަރިއަކު ގެންގުޅެމުން ބޮލީވުޑްގެ މަސައްކަތްތައް ކުރަން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އާލިއާ ބުނީ ވާހަކަ ފެތުރެމުން އަންނަ ގޮތާ ޚިލާފަށް ވިހެއުމަށްފަހު އޭނާ ބަރުދަން ލުއިކުރީ ގުދުރަތީ ގޮތުން ކަމަށާއި އެއީ އޭނާގެ ގަދަ ހިތްވަރުގެ ނަތީޖާ ކަމަށެވެ.
މި ޒަމާނުގައި ސޯޝަލް މީޑިއާގެ ސަބަބުން އަންހެނުންނަށް އިތުރު ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނަމުން އާލިއާ ބުނީ އެންމެންވެސް ހޯދަނީ ފަތުރާނެ ދޮގު ވާހަކައަކަށް ކަމަށެވެ.
އާލިއާ ކައިވެނި ކޮށްފައިވަނީ ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރުއާ އެވެ. އެ ކައިވެންޏަށް އަހަރު ނުވަނީސް ދަރިއަކު ލިބފައިވާއިރު ވިހެއުމުގެ ފަސް މަހެއްހާ ދުވަސް ފަހުން މީޑިއާއަށް އާލިއާ ފެނުނީ ބޮޑު ބަދަލަކާ އެކުގަ އެވެ.
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟