ސ. މަރަދޫ ފޭދޫގައި ވަޅި ހަރައި މަރާލި އެ ރަށު ބްލޫސްޓާ، އަހުމަދު ޝުއައިބު މަރާލި މައްސަލާގައި އޭނާގެ ކޮއްކޮ ހުސައިން މަވާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފި އެވެ.
މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމަށް ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 11:23 ގަ އެވެ.
ޝުއައިބު މަރުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެރޭ ފަތިހު އެވެ.
ދެ ބެއިންގެ ދެމެދުގައި ހަމަނުޖެހުނ ހިނގީ ފޯނެއްގެ މައްސަލާގައި ކަމަށްވެ އެވެ. އަދި ޝުއައިބްގެ ކަރަށް އޭނާގެ ކޮއްކޮ ހަމަލާ ދިނީ ކަތުރަކުންނެވެ. ގޭތެރޭގައި އަރައިރުން ވުމަށްފަހު އެ ހަމަލާދިނީ އެ މީހުން ދިރިއުޅޭ ގޭގެ ބޭރުގަ އެވެ.
ފުލުހުން ބުނީ އެމައްސަލާގައި ތުހުމަތު ކުރާ ހުސައިން މަވާޒް އިއްޔެ މެންދުރު މަރަދޫ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހަވާލުވެފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ.
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
އެލާމް ގަޑިތަކުގެ ކުރިން ހެނދުނު ހޭލަނީ ކިހިނެއް؟
