ބަރުދަން ލުއި ކުރުމަށްޓަކައި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު އެކި ކަންކަން ކޮށް އުޅެ އެވެ. އޭގެ ތެރެއިން ނުކައި ނިދުމަކީ އެކަމުގައި ގިނަ ބަޔަކަށް ގެންގުޅެވޭ ވަރަށް ނުބައި އާދަ އެކެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް މާއްދާތައް ނުލިބޭނަމަ ހަށިގަނޑުގައި ވަރު ޖެއްސުމަށް ސަރުބީ އަންދަން ފަށަ އެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވެ ބަރުދަން ލުއިވުން ލަސްވުމެވެ.
ނުކައި ނިދާނަމަ ހަށިގަނޑުގެ އެހެނިހެން މަސައްކަތްތަކަށް ވެސް ބުރޫ އަރަ އެވެ. އެގޮތުން އެކަށީގެންވާ މާއްދާތައް ނުލިބި އެތެރެ ހަށީގެ ގުނަވަންތައް ހިނގުން ލަސްވެ އެވެ.
މީގެ އިތުރުން ވެސް ނުކައި ނިދުމަކީ ޖިސްމާނީ އަދި ނަފްސާނީ އެތައް ގެއްލުންތަކެއް ހަށިގަނޑަށް ލިއްބައިދޭ ނުރަނގަޅު އާދަ އެކެވެ.
މި ހުރިހާ ސަބަބުތަކަށްޓަކައި ބަރުދަން ލުއި ކުރުމުގެ ނަމުގައި ރޭގަނޑު ނުކައި ހުރުމާ ދުރަށް ދާން ޖެހެ އެވެ. އެކަމުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވީމަ އެވެ.
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!
"ސެންޓަ އެންޓަޕްރައިސަސްއިން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު"
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި ފެންބޮޑުވެއްޖެ