ހައްޖުގެ އަޅުކަމުގައި އުޅުނު ދިވެހި ދެ ހައްޖީންނަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިއަހަރު ހައްޖަށް 2.5 ބިލިއަން މީހުން ދިޔަ އެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގެ މާތް ބިމަށް ގޮސް ތިބި 2.5 މިލިއަން މުސްލިމުން އަރަފާތުު ބިމަށް މިއަދު ވަނީ ޖަމާވެފަ އެވެ.
ސައުދީގައި ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނިލް ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ވިދާޅުވީ، ހައްޖަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ދެ ދިވެއްސެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އައިސީޔޫގައި ތިބި ދެ މީހުން، އަރަފާތު ބިމަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ އޮކްސިޖަން ގުޅައިގެން އެންބިޔުލާންސްގައި، ސައުދީ ސަރުކާރުން ހައްޖުވެރިން އަރަފާތު ބިމަށް ގެނެސްދޭ ކަމަށެވެ.
ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ދިޔައީ 1000 މީހުންނެވެ.
މިއީ ކޮވިޑް އަށް ފަހު އެންމެ ގިނަ މީހުން ހައްޖަށް ދިޔަ ފުރަތަމަ ފަހަރެވެ. ހައްޖާޖީންގެ ސަލާމަތީ ކަންކަމަށް ސައުދީން ވަނީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ.
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ކައުންސިލްތަކުގެ އެސްޖީންގެ މުސާރަ ކުޑަކޮށްފި
އިންސްޓަންޓް ނޫޑްލްސްއިން ކާނާ ވިހަ ވުމުގެ ރިޕޯޓުތަކެއް!
