ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން އެނބުރި ގައުމަށް އަންނަށް ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހައްޖަށް ދިޔަ ދެ ގްރޫޕެއް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. ފުރަތަމަ ރާއްޖެ އައީ އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނެވެ. ދެވަނައަށް އައީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ މީހުންނެވެ.
ހައްޖަށް ދިޔަ މީހުންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އަންނާނީ މިމަހުގެ 14ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ މީހުންގެ ކަންކަން އިސްކޮށް ބެލެހެއްޓެވުމަށް އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގެންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެމަނިކުފާނު ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ރާއްޖޭން ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ތިން ކުންފުންޏަކަށެވެ. އެ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ޖާގަ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
