ދަ ޑިމޮކްރެޓްސް ދޫކޮށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
ޝިޔާން މިރޭ ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާޒިރުގައި އެމްޑީޕީއަށް ސޮއިކުރައްވައި އެމަނިކުފާނާ ފޯމު ހަވާލުކުރައްވާފަ އެވެ.
ޝިޔާނަކީ ޑިމޮކްރެޓްސް އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. މީގެކުރިން އޭނާ ވަނީ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްއަށް ވަޑައިގެންގެންނެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ވަނީ ދާދިފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާފަ އެވެ. ޔާސިރާއެކު ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ހުރިހާ ކައުންސިލަރުން ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިފަ އެވެ.
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
ހިތަދޫ އުތުރު ގޮނޑި ސޯބެ އަށް
