ރާއްޖޭގެ ފަތުރުވެރިކަން ބޭރު ގައުމުތަކުގައި އިޝްތިހާރުކުރާ ކުންފުނި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގްގެ އެކްސް އެކައުންޓުން އިންޑިއާއާ ދެކޮޅު ޕޯސްޓެއް ފެނިގެން ޑީއެކްޓިވޭޓްކޮށްފި އެވެ.
ފާތިމަތު ތައުފީގް އިންޑިއާއާ ދެކޮޅަށް އެކްސްގައި މީގެކުރިން ކޮށްފައިވާ ޕޯސްޓެއް ބައެއް މީހުން މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. އެއީ ސެޕްޓެމްބަރު 23، 2023 ގައި ކޮށްފައިވާ އެ ޕޯސްޓެކެވެ.
އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން ފާތުމަތު ތައުފީގު ވަނީ އެއީ ފޭކު ޕޯސްޓެއް ކަމަށް ވިދާޅުވެ އިތުރު ޕޯސްޓެއްވެސް ކުރައްވާފަ އެވެ.
އިންޑިއާ އަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސްތައް ރައްދުކޮށްފައިވާތީ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި މިހާރު އެ ތިން ބޭފުޅުންނަށް އިންޑިއާއަށް ނުދެވޭގޮތަށް ވަނީ ބްލެކް ލިސްޓްކޮށްފަ އެވެ.
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
